މީދޫ ކައުންސިލްގެ ފުޓްސަލަް މުބާރާތް މިރޭ ފަށަނީ
މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ފުޓްސަލް މުބާރާތް މިރޭ ފަށާނެއެވެ.   މިއަހަރުގެ މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިޔަން ތަންގަނޑު އެފްސީގެ އިތުރުން ލިންކޭޖް ބްރަދާސް އާއި  އެފްސީ ވީގޮތެވެ. ގްރޫޕް ބީ ގައި ހިމެނެނީ އެފްސީ އެމްކޮކޯއާއި އައިވެންޓަސް އަދި ޒިލިއަންސް އެފްސީއެވެ.    މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 22:00ގައި ބައްދަލުކުރާނީ އެފްސީ ވީގޮތް އަދި ލިންކޭޖް ބްރަދާސްއެވެ. ދެވަނަ މެޗުގައި މިރޭ 23:00 ގައި އައިވެންޓަސް އަދި އެފްސީ އެމްކޮކޯ ވާދަކުރާނެއެވެ،   މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ރޭ 22:00ގައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...