2019 ވަނަ އަހަރު މީދޫ ޕޮލިހަށް ހުށައަޅާފައިވަނީ 49 މައްސަލައެއް، 10 މީހުން ހައްޔަރުކުރި!
2019 ވަނަ އަހަރުގެ ތެރޭގައި މީދޫ ޕޮލިސް ސްޓޭޝަނަށް ހުށައެޅިފައިވަނީ ޖުމްލަ 49 މައްސަލަކަމަށް ފުލުހުން ބުނެފިއެވެ.   ފުލުހުންގެ މީޑީޔާއިން ހިއްސާކޮށްފައިވާ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ބުނާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި އެކި މައްސަލަތަކުގައި މީދޫ ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.   މީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު 3 މީހަކާއި ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކާއި އެކްސިޑެންޓެއްގެ މައްސަލައިގައި ހައްޔަރުކުރެވުނު މީހެއްގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހެކެވެ.   2019 ވަނަ އަހަރު މީދޫ ޕޮލިސް ސްޓޭޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ 10 މައްސަލައަކާއި ވައްކަމުގެ 8 މައްސަލައަކާއި އަނިޔާކުރިކަމުގެ 2 މައްސަލައާއި ޖިންސީ ފުރައްސާރައިގެ 1 މައްސަލައިގެ އިތުރުން އިތުރު އެހެން ކަންކަމާއި ގުޅޭ 25 މައްސަލައެކެވެ.   ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކަށްވުރެ އަހަރެއް މީދޫ ޕޮލިހަށް ހުށައެޅޭ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2017 ވަނަ އަހަރު ޖުމްލަ 35 މައްސަލައެއް ހުށައެޅިފައިވާއިރު 2018 ވަނަ އަހަރު ހުށައަޅާފައިވަނީ 46 މައްސަލައެކެވެ. 
ފާއިތުވެދިޔަ އަހަރު މީދޫގެ ކައިރި ރިޒޯޓުތަކުންވެސް ގިނަ އަދަދެއްގެ މައްސަލަތައް މީދޫ ޕޮލިހަށް ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...