ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ބުރަ މަސައްކަތުން އާ ޕާކީން ޒޯނެއް، މަރުކަޒަށް އިތުރު ހިތްގައިމުކަމެއް!
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލަށް ތަރައްޤީކުރި ޕާކިންގ ޒޯން މިއަދު ހުޅުވައިފިއެވެ.   2020 ވަނަ އަހަރު މުދައްރިސުން ސްކޫލަށް ނިކުތް ފުރަތަމަ ދުވަހު މި ޕާކިން ޒޯން ހުޅުވައިދެއްވީ ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތުއެވެ. މި ޕާކިންގ ޒޯނަކީ މަރުކަޒުގެ މުވައްޒަފުންގެ އަމިއްލަ ޑިޒައިނަކަށް ތަރައްޤީކޮށްފައިވާ ޕާކިންގ ޒޯނެކެވެ. މި ޕާކިންގ ޒޯން ހެދުމުގެ ބޮޑެތި މަސައްކަތްތަކެއްކޮށްފައިވަނީވެސް މަރުކަޒުގެ މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.   މިއަދު ހުޅުވި ޕާކިންގ ޒޯނަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިން ސައިކަލު ޕާކުކުރުމަށް ބޭނުންކުރަމުން އައި ސަރަހައްދު ތަޅާލުމަށްފަހު އެ ތަނުގައި ތަރައްޤީކޮށްފައިވާ ޕާކިން ޒޯނެކެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާ ޕާކިން ޒޯން ހުޅުވުން | ފޮޓޯ: ރ. އަތޮޅު ތަޢުލީމީ މަރުކަޒު
ި ޕާކިންގ ޒޯނުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން 'އެމް.ޓީ'އަށް މަޢުލޫމާތުދެއްވަމުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު ވިދާޅުވީ، ރަސްމީ ގަޑީގައި ކިޔަވައިދެއްވަމުން އަދި ރަސްމީ ގަޑި ނިމުމަށްފަހު އިތުރު ގަޑިވެސް ނަންގަވައިދެއްވަމުން އަދި ސްކޫލުން ކުރިއަށް ގެންދާ އެހެން ހަރަކާތްތަކުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވަމުންވެސް މިފަދަ ފުރިހަމަ ތަނެއް ނިންމާލެވޭނީ ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަކޮށްގެންކަމަށާއި މަރުކަޒުގެ މުވައްޒަފުންނަކީ ހީވާގި ކެރޭ ބައެއްކަމަށެވެ.   މަރުކަޒުގެ މުވައްޒަފުންގެ މަސައްކަތަށް ތަޢުރީފުކުރައްވާ ޕްރިންސިޕަލް ފަރުހަތު އިތުރަށް ވިދާޅުވީ، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަކީ ސްކޫލުގެ ލާބައާއި ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ވަރުގަދަ ފަހުލަވާނުންތަކެއްކަމަށެވެ.     ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރެއަށާއި މަރުކަޒުގެ ބޭރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނައިރު މިއަދު ހުޅުވިގެންދިޔަ އާ ޕާކިންގ ޒޯނާއިއެކު މަރުކަޒުގެ މަލަމަތިއިތުރަށް ހިތްގައިމުވެގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2020-01-13 07:03:41
ހަމީދު
ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަނީ ވަރަށްބޮޑަށް ތަނުގެ ކުރިއެރުމަށް މަސައްކަތްކޮށް އަމިއްލަ ޖީބުން ޚަރަދުކުރާ ތަންދެކެ ލޯބިވާ ބައެއް.
އެންމެ މަގުބޫލު: 7 ދުވަސް

...