ރަށު ކައުންސިލްގެ ރައީސަށް 23،000 ރުފިޔާ، ނައިބަށް 15،000 ރުފިޔާ!
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވާ ކައުންސިލަރުންނަށް ދޭން ސަރުކާރުން ނިންމަފައިވާ މުސާރައިގެ ތަފްސީލް ރައީސް ސޯލިހް މިއަދު ހާމަކުރައްވައިފިއެވެ.   ރައީސް ސޯލިހް މިކަން އިޢުލާނުކޮށްފައިވަނީ އެމް.ޑީ.ޕީން ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށް ގެންދާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން މުސާރައިގެ އޮނިގަނޑެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ.   އެގޮތުން އަލަށް އިންތިހާބުވާ ސިޓީ ކައުންސިލެއްގެ މޭޔަރަކަށް 40000 ރުފިޔާ، ޑެޕިއުޓީ މޭޔަރަކަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްގެ މެމްބަރަކަށް 30000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސްއަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރައީސްއަށް 23،000 ރުފިޔާ ދޭނެއެވެ. މީގެ އިތުރުން، ރަށު ކައުންސިލްގެ ނައިބަށް 15،000 ރުފިޔާ އަދި ކައުންސިލް މެމްބަރަކށް 12،000 ރުފިޔާ ލިބިގެންދާނެއެވެ.   ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެއުމަށްފަހު ބާއްވާ ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...