ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ދަރިވަރުން އޯލެވެލް ގަދަ 10 އެއްގައި! ނަތީޖާ ވަރަށް ފުރިހަމަ!
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ޤައުމީ ގަދަ 10 އެއްގައި ހިމެނިއްޖެއެވެ.   ގައުމީ ގަދަ 10 އެއްގައި ހިމެނިފައިވަނީ ޝަދާ މުޙައްމަދު ރަމީޒު ދަނބުގެ، ޒިންދު އަބްދުލް ވާޙިދު އެވަރބުލޫ އަދި މުޙައްމަދު ޔައިޝް މެހުރާއެވެ.   6 އޭ ސްޓަރ އަދި 2 އޭ ހޯދައިގެން ޝަދާ 3 ވަނައިގައި ހިމެނިފައިވާއިރު އެއް އޭ ސްޓަރ، 6 އޭ އަދި 1 ބީ ހޯދައައިގެން ޒިންދު ހިމެނިފައިވަނީ 9 ވަނައިގައެވެ. އަދި 2 ސޭ ސްޓަރ، 4 އޭ އަދި 2 ބީ އާއެކު ޔައިޝްވެސް ހިމެނިފައިވަނީ 9 ވަނައިގައެވެ.   އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ލިބިފައިވާއިރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް މަރުކަޒުން މަޢުލޫމާތުދެެއެވެ.   އޯ ލެވެލް އިމްތިހާނުގައި ރަން ވަނަތައް ހޯދި ތިން ދަރިވަރުންނަށް މީދޫ ޓައިމްސްގެ ނަމުގައި މަރުހަބާ ކިޔަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...