ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް މަޤާމުން އިސްތިޢުފާ ދެއްވައިފި
 ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް އަޙްމަދު އަޝްހަދު މަޤާމުން އިސްތިޢުފާދެއްވައިފިއެވެ.  މަޑުއްވަރީ ކައުންސިލުން ބުނެފައިވަނީ، އަޙްމަދު އަޝްހަދު މަޤާމުން އިސްތިއުފާދެއްވާފައިވަނީ ރައްޔިތުންގެ ހިދުމަތުގައި އިތުރަށް ދެމިހުންނެވުމަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާއަކަށް ކުރިމަތިލައްވާ އެ ވަޒީފާއަށް ހޮވިވަޑައިގެންފައިވާތީކަމަށެވެ.   މަޑުއްވަރީ ކައުންސިލުން އަޙްމަދު އަޝްހަދުއަށް އިތުރު ކާމިޔާބީއަށް އެދޭކަމަށްވެސް ކައުންސިލުން ފޭސްބުކްގައި އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަޙްމަދު އަޝްހަދު މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އެ ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...