ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
ރ. މަޑުއްވަރީ ދެކުނު ފަރާތުގައި އަލަށް ހަދާ ބަނދަރުގެ އަމަލީ މަަސައްކަތް ފަށައިފިއެވެ.             އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނިންމާ ހަވާލު ކުރަން އެއްބަސްވެފައި ވަނީ 590 ދުވަހުގެ ތެރޭގަ އެވެ. އެ މަޝްރޫއުގެ އަގަކީ 68,665,360.81 ރުފިޔާ އެވެ. މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 566 މީޓަރުގެ އެއްގަމު ތޮށި ލުމާއި 411 މީޓަރުގެ ޗެނަލް ބްރޭކް ވޯޓާ ހަރުކުރުމާއި 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ރޭމްޕެއް ހެދުމާއި ބަނދަރުގައި ބައްތި ހަރުކުރުމާއި، ދެ ނެރު ބައްތި ޖެހުން ހިމެނެ އެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...