މީދޫ އަންހެނުންގެ ކޮމިޓީގެ މިދިޔަ އަހަރުގެ މާލީ ބަޔާން އިއްވުން މިއަދު ހަވީރު!
މީދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2019 ވަނަ އަހަރުގެ މާލީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.   އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން މަޢުލޫމާތު ދިން ގޮތުގައި މި ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:30 ގައި މީދޫ އިޖްތިމާޢީ މަރުކަޒުގެ ހޯލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ އަންހެން ކަނބަލުންނަށް އެ ކޮމިޓީން ދަޢުވަތު އަރުވައެވެ.   މީދޫ އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބެއް މިދިޔަ އަހަރުގެ ތެރޭގައި ބާއްވާފައިވާއިރު އެ ކޮމިޓީން މިދިޔަ އަހަރުގެ ތެރޭގައި އަންހެނުންނަށް ހާއްސަކޮށްގެން ބައެއް ކަހަލަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...