އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޯޕީޑީގައި ޑޮކްޓަރުން ބައްލަވާ ގަޑިތަކަށް ބަދަލުތަކެއް!
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގައި ޑޮކްޓަރުން ބައްލަވާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ 18 ޖަނަވަރީ 2020 އިން ފެށިގެންނެވެ.   މީގެފަހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައު 8:30 އިން ފެށިގެން ބަލިމީހުން ބައްލަވަމުންގެންދާނެ ޑޮކްޓަރުންނަކީ  ނަފްސާނީ ޑޮކްޓަރާއި ކަރުންމަތީގެ ޑޮކްޓަރާއި ހަމުގެ ޑޮކްޓަރާއި ސްކޭން ޑޮކްޓަރު އަދި ލޮލުގެ ޑޮކްޓަރުގެ އިތުރުން ދަތުގެ ޑޮކްޓަރެކެވެ.   އަންހެނުންގެ ހާއްސަ ޑޮކްޓަރާއި އޮޕަރޭޝަން ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރުގެ އިތުރުން ކަށީގެ ހާއްސަ ޑޮކްޓަރު އަދި އެތެރެހަށީގެ ޑޮކްޓަރު ބައްލަވަން ފަށާނީ 9:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...