މީދޫ ކައުންސިލުން މީދޫ ސްޕޯޓްސްގެ ހިންގާ ކޮމިޓީއާ ބައްދަކުކޮށްފި
ރ. މީދޫ ސްޕޯޓްސް ކުލަބުގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީއަށް ހޮވިފައިވާ ފަރާތްތަކާއި މީދޫ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ބައްދަލުކުރައްވައިފިއެވެ.   މިއަދު މީދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މީދޫގެ ފުޓުބޯޅައާއި މީދޫ ސްޕޯޓްސް ކުލަބުގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް މަޢުލޫމާތުލިބެއެވެ.   މީދޫގައި ޓާފް ދަނޑެއް އެޅުމަށް ބޭނުންވާ ބިމެއް ކަނޑައެޅުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދިޔަކަމަށް މި ބައްދަލުވުމުގައި ބައިވެރިވި މީދޫ ސްޕޯޓްސް ކުލަބުގެ އިސްފަރާތަކުން މަޢުލޫމާތުދިނެއެވެ. މިގޮތުން ދަނޑުގެ މަސައްކަތްތަކުގައި ރަށުގެ ޓީމަކާއެކު ޔޫތް މިނިސްޓްރީ އާއި ބައްދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ކައުންސިލްގެ ރައީސް މި ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.   މީދޫ ސްޕޯޓްސް ކުލަބުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ހޮވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު މާދަމާ އާއްމުކުރާނެކަމަށްވެސް މަޢުލޫމާތުލިބެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...