އެމް.ޑީ.ޕީ ޕްރައިމަރީގައި މީދޫއިން 348 މީހުންނަށް ވޯޓު ލެވޭ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގައި މީދޫއިން 348 މެމްބަރުންނަށް ވޯޓުލެވޭނެއެވެ.   އެމް.ޑީ.ޕީން އާއްމުކޮށްފައިވާ ފައިނަލް ވޯޓާސް ލިސްޓުގައި ވާގޮތުން މަޑުއްވަރީ ދާއިރާގެ އެމް.ޑީ.ޕީ ދަފްތަރުގައި ހިމެނެނީ ޖުމްލަ 1114 މީހެކެވެ. އެމް.ޑީ.ޕީގެ ފަރާތުން މީދޫ ކައުންސިލަށް ވާދަކުރާނެ ފަރާތްތަކެއް ހޮވުމަށް ޕްރައިމަރީ ބާއްވަން ނުޖެހުނުކަމުގައި ވީނަމަވެސް ރ. އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް މީދޫގައިވެސް ވޯޓުލާނެއެވެ.   އެމް.ޑީ.ޕީގެ ޓިކެޓުގައި ރ. އަތޮޅުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ދެ ފަރާތަކުން ޕްރައިމަރީގައި ވާދަކުރެއެވެ. އެއީ މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަލީ ޝާހިދު އަދި ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އާމިރު އަޙްމަދުއެވެ.   އެމް.ޑީ.ޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...