ޕްރައިމަރީގައި ނާކާމިޔާބުވުމުން އަބްދުﷲ ޖާމިޢު އަމިއްލަ ގޮތުން މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް ނާކާމިޔާބުވި ރ. މަޑުއްވަރީ ސީސަންގެ، އަބްދުﷲ ޖާމިޢު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާނެކަން އިޢުލާންކޮށްފިއެވެ.   އެމް.ޑީ.ޕީގެ ޕްރައިމަރީގައި ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ޓިކެޓު ހޯދުމަށް ތިން ބޭފުޅަކު ވާދަކުރި އިރު ޕްރައިމަރީ ކާމިޔާބުކުރެއްވީ އަޙްމަދު ރަފީޢު އާދަމްއެވެ.   އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިޢުލާން ކުރައްވާކޮށްފައިވާ ޕޯސްޓެއްގައި ޖާމިއު ބުނެފައިވަނީ، އަސްލު އެމް.ޑީ.ޕީ މީހުން ބާކީ ކުރުމަށް ގެންގުޅޭ ފިކުރުގެ ވިސްނުން އެއްފަރާތްކޮށް އުޖާލާ މަޑުއްވަރީ ހޯދުމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ނިންމާފައިވާކަމަށެވެ.   އެމް.ޑީ.ޕީގެ ފަރާތުން މަޑުއްވަރީ ކައުންސިލްގެ ރައީސްކަމަށް އަޙްމަދު ރަފީޢު އާދަމް ވާދަކުރައްވާއިރު މަޝްހޫރު ޓީވީ ޕްރެޒެންޓަރ ސޯދިޤު ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަކުރަން ނިންމާފައިވާކަންވަނީ އިޢުލާންކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...