އެކި ދުވަސްމަތިން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި 35 އަހަރުގެ މީހެއް ހައްޔަރުކޮށްފި
އެކި ދުވަސްމަތިން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި 35 އަހަރުގެ މީހެއް ހައްޔަރުކޮށްފިއެވެ. 
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި 2019 އަހަރުން ފެށިގެން އެކި ދުވަސްމަތިން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެއް 2020 ވަނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު ހުށައެޅިފައިވާކަމަށެވެ. 
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ފެބްރުއަރީ 3 ވަނަ ދުވަހު 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. 
މި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންނެވެ.         
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...