މިން ހަމަވާ ދަނޑެއް މީދޫއިން ލިބޭ، މި ފެށޭ ހަފްތާގެ ތެރޭގައި ރަޖިސްޓްރީކުރަން ފޮނުވޭނެ – ކައުންސިލް މެމްބަރު ރައްޒާން
މީދޫގައި ޓާފް ފުޓުބޯޅަ ދަނޑެއް އެޅުމަށް ބޭނުންވާ މިން ހަމަވާ ދަނޑެއް މިހާރު ދެ ނަމްބަރު ބޯޅަ ދަނޑުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބިމުން ލިބޭކަމަށް ކައުންސިލް މެމްބަރ ރައްޒާން ޒަރީރު ވިދާޅުވެއްޖެއެވެ.   ރައްޒާން މިހެން ވިދާޅުވެފައިވަނީ ރަށުގެ ކަންކަމުގައި މަޝްވަރާ ކުރާ ވައިބަރ ގްރޫއްޕެއްގައެވެ. ރައްޒާން ވިދާޅުވެފައިވަނީ މި ފެށޭ ހަފްތާގައި ކައުންސިލުން ބިން ފާސްކޮށްފައި މިނިސްޓްރީގެ މައްޗަށް ބިން ރަޖިސްޓްރީކުރުމަށް ފޮނުވިގެންދާނެކަމަށެވެ.   މީދޫގައި ޓާފް ދަނޑެއް އެޅުމަށް ބޭނުންވަނީ 113 މީޓަރ ދިގު އަދި 74 މީޓަރު ފުޅާ ބިމެކެވެ. މިހާރު ރަސްމީ ދަނޑުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ދަނޑުގައި މި މިން ހަމަނުވާކަމަށް މަޢުލޫމާތުލިބެއެވެ. މީދޫގައި ޓާފް ދަނޑެއް އެޅުމަށް މިއަހަރުގެ ބަޖެޓުގައި 6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...