ޕީ.ޕީ.އެމް ޕްރައިމަރީ އަތޮޅު ރައީސް: މީދޫ ފޮށިން ކުރި ހޯދީ އަބްދުﷲ ރަޝީދު!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމްގެ ފަރާތުން ރ. އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މީދޫގައި ބަހައްޓާފައިވާ ފޮށިން ކުރި ހޯދާފައިވަނީ އަބްދުﷲ ރަޝީދުކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.   ވޯޓު ގުނުން މިހާރު ކުރިއަށްދާއިރު އަބްދުﷲ ރަޝީދަށް 119 ވޯޓު ލިބިފައިވެއެވެ. ދެން ވާދަކުރެއްވި ހުސައިން ނާސިފްއަށް 107 ވޯޓު ލިބިފައިވާއިރު އަބްދުﷲ ޝިހާމަށް ލިބިފައިވަނީ 37 ވޯޓެވެ.   އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް މާލޭގައި ލެވުނު ވޯޓުގެ ނަތީޖާވެސް މިހާރު ލިބިފައިވާއިރު މާލެ ފޮށިން އަބްދުﷲ ރަޝީދަށް ލިބިފައިވަނީ 77 ވޯޓެވެ. ހުސައިން ނާސިފަށް މާލެ ފޮށިން 131 ވޯޓު ލިބިފައިވާއިރު އަބްދުﷲ ޝިހާމަށް ލިބިފައިވަނީ 31 ވޯޓެވެ.   އަތޮޅު ކައުންސިލްގެ ރައީސަށް ވާދަކުރާނެ ފަރާތް ޔަޤީންވެގެންދާނީ އަތޮޅުގެ ހުރިހާ ރަށެއްގެ ނަތީޖާ ލިބުމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...