މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަނީ!
ޕީ.ޕީ.އެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިވިނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް މީދޫ ކައުންސިލްގެ މި ދައުރުގެ ރައީސް ހުސައިން އަފީފް ނިންމައިފިއެވެ.   ޕީ.ޕީ.އެމްގެ ޓިކެޓެއްގައި މިހާރުވެސް ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ހުސައިން އަފީފްގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާކަމަށް ހުސައިން އަފީފް މަޢުލޫމާތުދެއްވައެވެ. މީދޫ ޓައިމްސްއާ ވާހަކަދައްކަވަމުން ހުސައިން އަފީފް ވިދާޅުވީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ޕްރައިމަރީގައި ނުފޫޒުތަކެއް ކުރިމަތިވެގެން ނުހޮވުނުކަމަށް ޤަބޫލްކުރެވޭތީކަމަށެވެ.   އިތުރަށް ވާހަކަދައްކަވަމުން ހުސައިން އަފީފް ވިދާޅުވީ، އެންމެ ކުރިންސުރެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ޝައުޤުވެރިކަން ހުންނަކަމަށާއި އެހެންކަމުން މިފަހަރުވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރިމަތިލުމަށް ނިންމެވީކަމަށެވެ. މީގެ އިތުރުން ކުރިން ކައުންސިލްތަކަށް ނުދޭ ބަޖެޓެއް މިހާރު ދީފައި އޮތުމުން ޕްރޮޖެކްޓުތައް ނިންމޭނެކަމުގެ ޔަޤީންކަންވެސް އެބަ އޮތްކަމަށް ހުސައިން އަފީފް ވިދާޅުވިއެވެ.   ޕީ.ޕީ.އެމްގެ ޕްރައިމަރީގައި ހުސައިން އަފީފްއާއި ވާދަކޮށް ޓިކެޓު ހޯދީ އަލީ ރަޝީދު ގުލްބަކާގެ، އަދި މުޙައްމަދު ޝިހާމް މަންޒިލްއެވެ. ޕީ.ޕީ.އެމްގެ ފަރާތުން ރައީސްކަމަށް ވާދަކުރައްވަނީ ހަސަން ޝަރީފްއެވެ. މީގެ އިތުރުން އެމް.ޑީ.ޕީންވެސް ކައުންސިލްގެ 5 ގޮނޑިއަށް ކެންޑިޑޭޓުން ވާދަކުރައްވާކަން ފާހަގަކޮށްލެވެއެވެ.   ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލް

2020-02-22 13:54:07
ނަދީމް
ކޮބާހޭ ކޮމެންޓްބައި
2020-02-23 03:28:50
A
ހުސެން އަފީފް ފަދަ ގާބިލް ބޭފުޅުން ކައުންސިލް ތަކަށް ލައިގެން ނޫނީ މިކަމެއް ނުވާނެ
އެންމެ މަގުބޫލު: 7 ދުވަސް

...