އަޅުގަނޑުމެން ހޮވައިދީފިނަމަ ރައްޔިތުން ހިތްހަމަޖެހޭ 5 އަހަރެއް ހޯދަދޭނަން – ޤާސިމް ސަޢީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ 5 ކެންޑިޑޭޓުން އިންތިހާބުކޮށްދީފިނަމަ ރައްޔިތުން އުފާވާފަދަ ރައްޔިތުން ހިތްހަމަޖެހޭ 5 އަހަރެއް ހޯދައިދޭނެކަމަށް އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކުރީގެ ކައުންސިލް މެމްބަރު ޤާސިމް ސަޢީދު ވިދާޅުވެއްޖެއެވެ.   އެމް.ޑީ.ޕީގެ 'ރަށްވެހި ފަތިސް' ކެމްޕެއިން ލޯންޗުކުރުމަށް ރޭ މީދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަފުޅުދައްކަވަމުން ޤާސިމްވަނީ ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކަށްވެސް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ.   މީގެ އިތުރުން ޤާސިމްވަނީ އެމް.ޑީ.ޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރައްވާފައިވާ ކެންޑިޑޭޓުންނަކީ އެ މަޤާމަށް އެންމެ ޤާބިލް ޖޯޝާއި ފޯރީގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުންކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން އެ ބޭފުޅުން ކައުންސިލަށް ވާދަކުރައްވަނީ ފިސާރި ކެރިގެންކަމަށާއި އޭޕްރިލް 4 ވަނަ ދުވަހަކީ އިދިކޮޅު ފަރާތްތައް ބޮޑުތަނުން ބަލިކުރާނެ ދުވަސްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.   އެމް.ޑީ.ޕީގެ ފަރާތުން ކައުންސިލްގެ ރައީސްކަމަށް ޤާސިމް ސަޢީދު ވާދަކުރައްވާއިރު އާއްމު މެމްބަރުކަމަށް ވާދަކުރައްވަނީ މުޙައްމަދު ނާއިފް އަދި އަބްދުﷲ ރަޝީދެވެ. އަންހެނުންނަށް ހާއްސަ ދެ ގޮނޑިއަށް ވާދަކުރައްވަނީ ޖަމީލާ ހުސައިން އަދި އީނާސް ރާފިޢުއެވެ.
ކިޔުންތެރިންގެ ހިޔާލް

2020-02-28 10:08:06
Zaki
Miee sakkeh ves oih kameh noon. Maih Allah ge vaagifulhaaa eku MDP ge mi team hoviadhevvaifi nama rayyithunnah faidhaaa huri ethah kameh kohdhevvaaane kamuge 150% alhugandu dhen
2020-03-02 17:50:14
Garudhiya
Thaaeedheh nethoa😂😂
އެންމެ މަގުބޫލު: 7 ދުވަސް

...