ޓެރެރިޒަމްގެ ތުހުމަތުގައި ނައިފަރު އިސްލާމް ޓީޗަރެއްގެ ފޯނު ފުލުހުން އަތުލައިފި
ޅ. ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލާ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ބަޔަކު މީހުން ރާވަމުންދާކަމަށް ތުހުމަތުކޮށް ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް ޓީޗަރެއްކަމަށްވާ އަލީ ޙަނޫން ހުސައިންގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.   މަޢުލޫމާތުލިބޭ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާ މައްސަލައަކީ މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަމިއްލަ ފަރާތަކުން ފުލުހަށް ހުށައަޅާފައިވާ މައްސަލައެކެވެ. މި މައްސަލައާއި ގުޅިގެން އިއްޔެ ނައިފަރުގައި ދިރިއުޅޭ ތިން މީހެއް ފުލުހުން ބަލާ ފާސްކޮށްފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ.   ފުލުހުން ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އަތުލާފައިވާ އަލީ ހަނޫން ފޭސްބުކްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ހަޤީޤަތުގައިވެސް މިއީ އަހަރެމެން އަމިއްލަ ގޮތުން ކެނޑިޑޭޓެއް ނެރުމުން ހަލުވާ ގޭސްބޮނޑިއެއް. ޑޯޓުޑޯގައި ހިނގި ތިން މީހުންނަށް ދިން ބޮނޑިއެއް. ކެމްޕޭނެއް ނުހުއްޓޭނެ. އިންޝާ ﷲ" މިހެންނެވެ.   މި މައްސަލައިގެ ތަހުޤީޤު މިހާރުވެސް ކުރިއަށްދާއިރު އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...