މިއަހަރުގެ ތެރޭގައި މީދޫ ކައުންސިލުން ކުޑަކުދިންގެ ޕާކަކާއި ބީޗެއް ތަރައްޤީ ކުރަނީ
ދަޢުލަތުގެ ބަޖެޓުން ކައުންސިލަށް ދީފައިވާ ފައިސާއިން މިއަހަރުގެ ތެރޭގައި ކުޑަކުދިންގެ ޕާކަކާއި ބީޗެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަން ކައުންސިލުން ހާމަކޮށްފިއެވެ.   ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ރޭ މީދޫ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި މިއަހަރު ތެރޭގައި ކުރުމަށް ކައުންސިލުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތައް ހިއްސާކުރަމުންނެވެ. މިއަހަރުގެ ތެރޭގައި ސަރުކާރުން މީދޫ ކައުންސިލަށް 10،668،306 ރުފިޔާ ދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.   މިގޮތުން ކުޑަކުދިންގެ ޕާކް ތަރައްޤީ ކުރުމަށް 300،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަށްވެހި ބީޗު ތަރައްޤީ ކުރުމަށް 600،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ރަށްވެހި ބީޗުގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްޤީ ކުރުމާއި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަކީ މިހާރު ހިނގަމުންދާ ކައުންސިލުން ވަރަށް ބޮޑަށް ކުރުމަށް އަމާޒު ހިފާފައިވާކަމެކެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...