މީގެ ފަހުން ކައިވެނި ކުރުމުގެ ކުރިން 'ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް' ފުރިހަމަ ކުރުން މަޖުބޫރު!
މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މީދޫ މެޖިސްޓްރޭޓް ކޯޓުން އަލަށް ކާވެނި ކޮށްދިނުމަށް އެދި ހުށައަޅާ ފޯމު ބަލައިގަންނާނީ ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމް ނުވަތަ ސިއްޙީ ގޮތުން ކައިވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމް ފުރިހަމަ ކުރުމަށްފަހު އެ ޕްރޮގުރާމް ފުރިހަމަ ކުރިކަމުގެ ލިޔުން ހުށައެޅުމުންކަމަށް މީދޫ މެޖިސްޓްރޭޓު ކޯޓުން އިޢުލާންކޮށްފިއެވެ.
މީދޫ މެޖިސްޓްރޭޓް ކޯޓުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމް ފެމިލީ ކޯޓުން، އަދި ސިއްޙީ ގޮތުން ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ރ. އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކުން ފުރިހަމަކުރެވޭނެކަމަށެވެ.   މިގޮތަށް ޢަމަލުކުރުމަށް ނިންމާފައިވަނީ ޑިޕާރޓްމަންޓް އޮފް ފަބްލިކް ހެލްތާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އެދިލެއްވުމަކަށްކަމަށް މަޢުލޫމާތުލިބެއެވެ. މި އުސޫލަށް ރ. އަތޮޅުގެ ހުރިހާ ކޯޓުތަކެއްގައިވެސް އަމަލުކުރަން ފަށާނެކަމަށްވެސް މަޢުލޫމާތުލިބެއެވެ.   މި ޕްރޮގުރާމް ހުރިހާ ސިއްޙީ މަރުކަޒުތަކެއްގައި އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ފުރިހަމަކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...