ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކާމިޔާބު 37 އަހަރު!
އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގައި ތަޢުލީމް ފުޅާ ކުރުމުގެ ގޮތުން ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އަޅަން އޭރު ނިންމެވިއެވެ. އެގޮތުން ރ. އަތޮޅުގެ ތަޢުލީމީ މަރުކަޒު ރ. މީދޫގައި އަޅުއްވަން ސަރުކާރުން ނިންމެވީ އޭރުވެސް ރ. އަތޮޅުގައި ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ރަށަކީ ރ. މީދޫ ކަމަށްވާތީކަމަށް ތާރީޙް ދިރާސާކުރައްވާ ގިނަ ބޭފުޅުން ވިދާޅުވެއެވެ. މީގެ އިތުރުން ތާރީޙް ދިރާސާކުރާ ބައެއް ފަރާތްތަކުން މަޢުލޫމާތު ދެއްވިގޮތުގައި މީދޫގައި ތަޢުލީމީ މަރުކަޒު އެޅުއްވުމަށް ސަރުކާރުން ދެއްވި ބަޖެޓު ކުޑަ ކަމުން އިތުރަށް ބޭނުންވާ ފައިސާ ނެގީ ރަށުގެ ރައްޔިތުންގެ އަތުންނެވެ. އަދި ތަޢުލީމީ މަރުކަޒު މީދޫގައި އެޅުމުގެ ޢަމަލީ މަސައްކަތްވެސް ކުރީ މީދޫގެ ރައްޔިތުން އަމިއްލައަށެވެ.   ޖުމްލަ 4 ޓީޗަރުންނާއި އެކު އޭރު ފެއްޓި ތަޢުލީމީ ހިޔާ އަށް މިއަދު 37 އަހަރު ފުރިފައިވާއިރު މި ވަގުތު މަރުކަޒުގައި ޖުމްލަ 89 މުވައްޒަފުންދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން މިވަގުތު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވައިދެއްވުމަށް ހަރަކާތްތެރިވެލައްވާ މުދައްރިސުންގެ ތެރޭގައި ގިނައިން ތިއްބެވީ މަތީ ތަޢުލީމް ހާސިލް ކުރައްވައިގެން ތިއްބެވި މީދޫ އަށް ނިސްބަތްވެލައްވާ މުދައްރިސުންކަން ފާހަގަކޮށްލެވެއެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ކިޔަވައިދެއްވަމުން ގެންދަވާ ބިދޭސީ މުދައްރިސުންގެ އަދަދަކީ 11 އެކެވެ. މިއަދު ރ. އަތޮޅު ތަޢުލީމީ މަރުކަޒަށް 37 އަހަރު ފުރިފައިވާއިރު މިއަދު ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ޑިގްރީ އަދި މާސްޓާސް ފުރިހަމަކޮށްފައިވާ ޓީޗަރުން އެންމެ ގިނަ އެއް ސްކޫލްކަން ފާހަގަކޮށްލެވެއެވެ.
null

މިއަދަކީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 37 ވަނަ އަހަރީ ދުވަސް
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ސެކަންޑްރީ ތަޢުލީމް ދޭން ފެށީ 1993 ވަނަ އަހަރުއެވެ. އެއަށްފަހު އެންމެ ފުރަތަމަ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯ ލެވެލް ހެދީ 1996 ވަނަ އަހަރުއެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް ގުރޭޑް 11 ފެށީ 2005 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ އޭ ލެވެލް އިމްތިހާނެއް މަރުކަޒުގައި ހެދީ 2007 ވަނަ އަހަރުއެވެ. ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމް އަދި އޯލެވެލް އަދި އޭލެވެކް ބީ ޓެކް އަދި ދަސްވާރުވެސް ކުރިއަށްގެންދާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ޖުމްލަ 459 ދަރިވަރުންދަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ.   ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކާމިޔާބު ތަޢުލީމީ ހިޔާ އެކޭ ބުނެވޭނެ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ރ. އަތޮޅުގެ ގިނަ ރަށްތަކުގެ އިސް ސަފުގައި މިހާރު ހަރަކާތްތެރިވެލައްވާ ގިނަ ބޭފުޅުންނަކީ މި ތަޢުލީމީ ހިޔާއިން ތަޢުލީމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. މީގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގައި އަދި އަމިއްލަ ކުންފުނި ތަކުގައިވެސް މިފަދަ ބޭފުޅުން ތިއްބެވިކަމީ ރ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ކާމިޔާބު މަރުކަޒެކޭ ބުނެވޭނެ ސަބަބެކެވެ. މީގެ އިތުރުން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭރުގެ އިމްތިހާން ހަދާ ދަރިވަރުން ޤައުމީ އަދި ބައިނަލްއަޤްވާމީ އެކި ރަން ވަނަތައް ހާސިލްކުރާކަމީވެސް މި މަރުކަޒުގެ ކާމިޔާބު ދައްކުވައިދޭ ކަމެކެވެ.   37 ވަނަ އަހަރުގެ ކާމިޔާބީ އެންމެންވެސް ފާހަގަކުރަމުން އަންނައިރު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރެއަށް ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލަކީ ފާހަގަކޮށްލަން ޖެހޭފަދަ ކަމަކެވެ. އެގޮތުން މީގެ ކުރިން މަރުކަޒުގައި ކިޔަވާފައިވާ ގިނަ ދަރިވަރުންނަށް މިއަދުގެ ގޯތިތެރެ ފެނިގެންދާނީ މުޅިން އާ ސްކޫލެއް ފަދައިންނެވެ.    ތަޢުލީމް ދިނުމުގެ އިތުރުން އެކި ކަހަލަ އިތުރު ހަރަކާތްތައްވެސް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ގާލް ގައިޑު، ސްކައުޓް އަދި ލިޓްލް މެއިޑް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ކަންތައް ހިންގުމަށް އުފައްދާފައިވާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްޓޫޑެންޓް ކައުންސިލަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މި ކައުންސިލަކީ މިހާރު ދަރިވަރުންނާއި ގުޅޭ އެތައް ކަންތަކެއް ރާވާ ހިންގަމުން އަންނަ ކައުންސިލެކެވެ.    ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އުފާވެރި 37 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މި ދުވަހުގެ ހެޔޮ އެދުން މަރުކަޒުގެ އެންމެހާ މުވައްޒަފުންނާއި ދަރިވަރުންނަށް އަދި ކުރީގެ ދަރިވަރުންނަށްވެސް 'މީދޫ ޓައިމްސް' ގެ ނަމުގައި އަރިސްކުރަމެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ ރ. އަތޮޅު ތައުލީމީ މަރުޒަށް އަދަށްވުރެ ފެހި މާދަމާއެއް މާތް ﷲ ލެއްވުމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...