ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ރޭ ބާއްވައިފި.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2018ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.   ރޭ 8:45ގައި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިގަލި މޯލްޑިވްސްގެ ޓްރެއިނިންގ މެނޭޖަރ އަލްފާޟިލް އަހުމަދު ސަޢީދެވެ.    ރޭގެ ޙަފްލާގައި ދަސްވެނިވެފައިވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުން 2018ވަނަ އަހރު ގްރޭޑް 10 ނިންމި 24 ދަރިވަރަކާއި ގްރޭޑް 12 ނިންމި 21 ދަރިވަރެކެވެ. ރޭގެ ހަފްލާގައިވަނީ މިދަރިވަރުންނަށް ދަސްވެނިވިކަމުގެ ހަނދާނީ ލިޔުން އަރުވާފައެވެ.   މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނުވަނީ ދަސްވެނިންނަށް އަގުހުރި ނަސޭހަތްޕުޅުތަކެއް ދެއްވާފައެވެ. އެގޮތުން ތަޢުލީމީ ޙަޔާތް ނިމި ވަޒީފާގެ މާހައުލަށް ނުކުންނައިރު، މިއަދުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު ވަޒީފާގެ ހަޔާތާ ކުރިމަތިލުމަށް ޝަރަފުވެރިމެހުމާނުވަނީ ދަރިވަރުންނަށް ނަސޭހަތްދެއްވާފައެވެ. ޝަރަފުވެރިމެހުމާނު އަޙުމަދު ސަޢީދުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވިގޮތުގައި ރާއްޖޭގައި މީގެ ވިއްސަކަށް އަހަރުކުރިން އަސާސީ ތަޢުލީމުގެ ފެންވަރަކީ ގްރޭޑް 7 ގެ ފެންވަރުކަމުގައި ވިޔަސް މިހާރު އެކަން ބަދަލުވެފައިވާކަމަށާއި މިހާރުގެ އަސާސީ ލެވެލްއަކީ ފުރަތަމަ ޑިގްރީގެ ފެންވަރުކަމަށެވެ. އެހެންކަމުން ތަޢުލީމު އުނގެނިގެން ވަޒީފާއަށް ނުކުތުމަށް ޝަރަފުވެރިމެހުމާނުވަނީ ދަސްވެނިންނަށް ގޮވާލައްވާފައެވެ.    ރޭ ބޭއްވި މިރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަކީ މިހާރު ކުރިއަށްދާ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންކަން ފާހަގަކޮށްލެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...