ރ. ފައިނު ހިމެނޭ ގޮތަށް ފަސް ރަށަކުން މީހުން އެކަހެރިކޮށްފި
ރ. ފައިނު ހިމެނޭ ގޮތަށް ފަސް ރަށަކުން މީހުން އެކަހެރިކޮށްފިއެވެ. މި މީހުންގެ ތެރެއިން ފައިނުގައި އެކަހެރިކޮށްފައިވަނީ އިންޑިޔާއިން އެނބުރި ރާއްޖެއައިސްފައިވާ މީހެކެވެ.    އެކަހެރިކޮށްފައިވާ މީހާގެ ގައިން ވައިރަހަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެސްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކިރިޔާ ޝައްކުކުރެވޭ މީހަކު ފެނުނު ކަމުގައި ވީ ނަމަވެސް ޓްރެވެލް ހިސްޓްރީ ބެލުމަށްފަހު ޓެސްޓު ކުރެވޭނެކަމަށެވެ.
ފައިނުގެ އިތުރުން މީހުން އެކަހެރިކޮށްފައިވަނީ ޅ. ހިންނަވަރު، އއ. އުކުޅަސް، ދ. ކުޑަހުވަދޫ އަދި މާލެއިންނެވެ     އިތުރު ތަފްސީލް އަންނަނީ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...