ކިރިޔާ އަލާމަތެއް ފެނުނަސް ޓެސްޓު ކުރާނެކަމަށް މަބްރޫކް ވިދާޅުވެއްޖެ.
މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަސްގެ އަލާމާތެއް ކިރިޔާވެސް ފެންނަ ފަރާތެއް ކަމުގައި ވީނަމަވެސް ޓެސްޓު ކުރާނެކަމަށް ކޮވިޑް19 ގެ ސްޕޯކްސްޕާސަން މަބްރޫކް ވިދާޅުވެއްޖެއެވެ.    މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މި ގޮތަށް ޢަމަލު ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މިގޮތުން މިފަދަ ބައެއް ފަރާތްތަކުގެ ސާމްޕަލްތައް ނަގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.    މިގޮތުން ރ. ފައިނު ހިމެނޭ ގޮތަށް ފަސް ރަށަކުން ރާއްޖެއިން ބޭރުން އައި މީހުން ވަނީ އެކަހެރިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އއ. އުކުޅަސް، ޅ. ހިންނަވަރު، ދ. ކުޑަހުވަދޫ އަދި މާލެއިންނެވެ.    ކޮރޯނާ ވައިރަހަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.                 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...