ރ. އަތޮޅުން ޓެސްޓުކުރި 4 ސާމްޕަލްވެސް ނެގެޓިވް
ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ރ. އަތޮޅުގެ ފައިނުންނާއި ފުރަވެރި އައިލެންޑް ރިޒޯޓުން ސާމްޕަލްނެގި ހަތަރު މީހުންވެސް ކޮވިޑް 19އަށް ނެގެޓިވްވެފައިވާކަމަށް އެ ރަށްތަކަށް އަންގައިފިއެވެ. 
އެޗް.ޕީ.އޭއިން އަދި މިހާތަނަށް ރަސްމީކޮށް މިކަން އިޢުލާންކޮށްފައިނުވި ނަމަވެސް ސާމްޕަލް ނެގި ދެ ރަށުގެ ކަމާ ބެހޭ ފަރާތްތަކަށް މިހާރުވަނީ މިކަން އަންގާފައެވެ. އަދި މިރޭގެ ވަގުތެއްގައި ރަސްމީކޮށް އެޗް.ޕީ.އޭއިން މިކަން އިޢުލާންކުރާނެކަމަށް މަޢުލޫމާތުލިބިފައިވެއެވެ. 
   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...