އަންނަ ހަފްތާގައިވެސް ސަރުކާރު ބަންދުކުރަން ކެބިނެޓުން ނިންމައިފި
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލް އަދި ކޮލެޖުތައް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.   ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުވުމަށާއި، ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީގެ ކިޔެވުންވެސް ބަންދުކުރުމަށް މިއަދު ބޭއްވެނުނު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.   އޮފީސްތައް ބަންދުކުރި ނަމަވެސް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް އެކަމަކާއި ގުޅޭ މުވައްޒަފުންނަށް ގޭގައިތިބެގެން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.   ދުނިޔޭގައި ހަލުވިކަމާއިއެކު ކޮވިޑް 19 ފެތުރެމުން އަންނާތީ ސަރުކާރުން އަންނަނީ މުހިއްމު ބޮޑެތި ނިންމުތަކެއް ނިންމަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...