ރާއްޖޭން ބޭރުގައި އުޅޭ މީދޫ ރައްޔިތުންގެ މައުލޫމާތު ހޯދަނީ
ކޮވިޑް 19 ރ. މިދޫ ޓާސްކް ފޯހުގެ ފަރާތުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ރ. މީދޫ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުރައްވަމުންގެންދަވާކަމަށް ޓާސްކް ފޯސްގެ ޗެއަރމަން އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ނަސީމް ވިދާޅުވީ މިމަސައްކަތަށް ރާއްޖޭންބޭރުގައި ދިރިއުޅުއްވާ މީދޫ ރައްޔިތުން އެހީތެރިކަން ބޭނުންވާކަމަށެވެ.   އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުން ޓާސްކް ފޯހުގެ ޗެއަރމަން އަހުމަދު ނަސީމާއި (ފޯނު ނަންބަރު: 9790799)  އެ މައުލޫމާތު ވީހާވެސް އަވަހަށް ހިއްސާކުރެއްވުމަށް ޓާސްކްފޯސްގެ ފަރާތުން އެދިލައްވައެވެ.   މީގެއިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ މީދޫ ރައްޔިތުންގެ އާއިލާތަކުންވެސް މިމައުލޫމާތު ޓާސްކްފޯހާއި ހިއްސާކުރެއްވުމަށް އެފަރާތުން އެދިލައްވައެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެގޮތުން ރ. މީދޫ ޓާސްކްފޯހުންވެސް އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...