ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ކޮންޓްރޯލްކޮށްފި، އަގުބޮޑުކޮށް ވިއްކާނަމަ 100،000 ރުފިޔާއިން ޖޫރިމަނާ!
ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ހާލަތަށް ރިޔާޔަތްކޮށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އެކޮނޮމިކް މިނިސްޓްރީން ބައެއް ތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރަން ނިންމައިފިއެވެ.   އެކޮނޮމިކް މިނިސްޓްރީންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރަށްތަކުގައި 6 އޭޕްރިލް އިން ފެށިގެން ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާކަމަށާއި، ކުކުޅު ބިހެއް ވިއްކޭނެ އންމެ މަތީ އަގަކީ 1.80 ލާރިކަމަށް އަދި މުގޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 45 ރުފިޔާކަމަށެވެ.   މި އަގުތަކަށްވުރެ އަގު މަތިކޮށް ވިއްކާ ފަރާތްތައް ފުރަތަމަ ފަހަރު އެންމެ ގިނަވެގެން 100،000 ރުފިޔާއަށް އަދި ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް ގިނަ ވެގެން 100،000 ރުފިޔާއަށް ޖޫރިމަނާކޮށް 6 މަސް ދުވަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރި ބަންދުކުރެވޭނެކަމަށް މިނިސްޓްރީންކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.   ފޮޓޯ: އަވަސް އޮންލައިން
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...