މިއީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތު - ޝައިޚް އަލީ ޒާހިރުު.
    މިއީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރަންވީ ވަގުތުކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.   
  ޝައިޚް އަލީ ޒާހިރު ވިދާޅުވީ، ބިރުވެރި ހަާލަތުގައި ވިސްނަންވީ އަމާންކަމުގައި ޢަމަލްތައް ބެހެއްޓި ގޮތާ މެދުގައިކަމަށާއި ދަތި ހާލުގައި ހަނދާން ކުރަންވީތަނަވަސްކަމުގައި ޢަމަލުތައް ބެހެއްޓި ގޮތާއިމެދުކަމަށެވެ.   
  މީގެ އިތުރުން މިދުވަސްވަރު ކޮވިޑް 19 އިން އަރައިގަތުމަށް ސަރުކާރާއި ސިއްޙީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަންޖެހޭކަމަށްވެސް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.     
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 3 މީހަކު ފެނިފައިވާތީ މުޅި ރާއްޖެ މިހާރުވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...