ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމް.އެން.ޑީ.އެފްއިން އިލްތިމާސްކޮށްފި
ކަނޑު  ދަތުރުކުރާ  ފަރާތްތަކުން  މޫސުމަށް  ހާއްސަ  ސަމާލުކަމެއް  ދިނުމަށް އެމް.އެން.ޑީ.އެފްއިން އިލްތިމާސްކޮށްފިއެވެ.    އެމްއެންޑީއެފްއިން މަޢުލޫމާތުދޭ ގޮތުގައި މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށެވެ. އެހެންކަމުން ދަތުރުފެށުމުގެ ކުރިން މޫސުން ކުރިއަށް ލަފާ ކުރާ ގޮތް ބެލުމަށާއި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްވެސް އެމްއެންޑީއެފްއިން އިލްތިމާސްކުރެއެވެ.    އެގޮތުން ލައިފް ޖެކެޓް ހަމަތޯ ބެލުމާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕުތައް ހުރީ ރަނގަޅަށްތޯ ޗެކު ކުރުމާއި މީހުން އެރުވުމަށް ހުއްދަ އޮތް ވަރަށްވުރެ ގިނައިން މީހުން ނޭރުވުމަށާއި މުދާ އެރުވުމުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ ބަރު ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.    މީގެ އިތުރުން ކުދި އަދި ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުތަކުގައި ދަތުރުކުރާއިރު އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އެދެއެވެ.             
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...