ރަށުން ބޭރުން އަންނަ ފަރާތްތަކަށް އޭޓީއެމް ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި
ރަށުން ބޭރުން މީދޫއަށް އަންނަ ފަރާތްތަ[F1] ކަށްވެސް އޭޓީއެމް ބޭނުން ކުރެވޭ ގޮތަށް މީދޫ ޓާސްކްފޯސްއިން ނިންމައިފިއެވެ.   ކޮވިޑް 19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަށުން ބޭރުން އަންނަ އެއްވެސް ފަރާތަކަށް އޭ.ޓީ.އެމް ބޭނުން ނުކުރެވޭ ގޮތަށް ޓާސްކްފޯސްއިން ނިންމާފައިވާ ނިންމުން ރިވިޔުކޮށް ބަދަލު ގެނެސްފައިވަނީ ވަރަށް ގިނަ ރަށްރަށުން އޭޓީއެމް ބޭނުން ކުރުމަށް އެދެމުން އަންނާތީކަމަށް މަޢުލޫމާތުލިބެއެވެ.   އޭޓީއެމް ބޭނުން ކުރުމުގައި ރަށުން ބޭރުން އަންނަ ފަރާތްތަކުން ޢަމަލު ކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ޓާސްކްފޯސްއިންވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށުން ބޭރުން އައިސް ރަށަށް ފައިބާ ފަރާތުން ބަނދަރުގައި ޑިއުޓީއަށް ތިބޭ އެސް.އެސް.ޑީ މެމްބަރުންގެ ބެލުމުގެ ދަށުން ފޭބުމާއި، ރަށަށް އަރާއިރު ފޭސް މާސްކް އެޅުމާއި، އޭޓީއެމްއަށް ވަނުމުގެ ކުރިން ސައިބޯނި ލައިގެން އަތް ދޮވުން އަދި އޭޓީއެމް ބޭނުން ކުރުމަށްފަހު ހޭންޑް ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން ހިމެނެއެވެ.   މީދޫގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއަކީ ރ. އަތޮޅު ދެކުނު ބިތުގެ ގިނަ ރަށްތަކެއްގެ ރައްޔިތުންނާއި މުއައްސަސާތަކުން ބޭނުން ކުރަމުން އަންނަ އޭޓީއެމްއެއްކަން ފާހަގަކޮށްލެވެއެވެ.  [F1]
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...