ހއ. އަތޮޅުން ބ. އަތޮޅަށް ވައިޓް އެލާރޓް ނެރެފި
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އެލަރޓް ނެރެފިއެވެ.   އާއްމު ވައި ހުންނާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައެވެ. ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 14:45 އިން 19:45 އަށެވެ.   މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަ ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފްއިން ވަނީ އިލްތިމާސްކޮށްފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...