ރ. އިނގުރައިދޫ ކޫލް މާޓް ޕްލަސްގެ ޢީދު ހަދިޔާ: އެހީތެރިކަން ބޭނުންވާ 10 ކުއްޖަކަށް ފައިސާގެ އެހީ!
ރ. އިނގުރައިދޫ ކޫލް މާޓް ޕްލަސްގެ ފަރާތުން މިއަހަރުގެ ޢީދު ހަދިޔާގެ ގޮތުގައި މާލީ ފުދުންތެރިކަން ނެތް ފަރާތްތަކުގެ ކުދިންނަށް އެހީތެރިވުމަށް ނިންމައިފިއެވެ.   އެ ފިހާރައިން އާއްމުކޮށްފައިވާ ގޮތުގައި ޢީދު ހަދިޔާގެ ގޮތުގައި 10 ކުއްޖަކަށް ފައިސާގެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައިވައެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ގޭގެ ނަން އަދި ފޯން ނަމްބަރު ޖެއްސެވުމަށްފަހު 9679936 އަށް މެސެޖް ކުރެއްވުމަށް އެދިފައިވެއެވެ.   އެ ފިހާރައިން މަޢުލޫމާތުދިން ގޮތުގައި މި ހަދިޔާ ދިނުމުގައި ބޮޑަށް ބަލާނީ ރ. އަތޮޅަށް ނިސްބަތްވާ ކުދިންނަށްކަމަށާއި އެހެންނަމަވެސް ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކުއްޖަކަށްވެސް ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. މިގޮތުން ފައިސާގެ އެހީތެރިކަން ދޭނެ 10 ކުދިން ހޮވުމަށް ހަމަޖެހިފައިވަނީ ނަން ފޮނުވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންކަމަށް އެ ފިހާރައިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...