ލޯޑް ބޮޑުވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ – ފެނަކަ މީދޫ ބްރާންޗް
ރ. މީދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖެނެރޭޓަރުގެ ތެރެއިން 350 ކިލޯވޯޓުގެ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ލޯޑް ބޮޑުވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހޭނެކަމަށް ފެނަކަ ރ. މީދޫ ބުރާންޗުން މަޢުލޫމާތު ދީފިއެވެ.   ޖެންސެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ރޭގެ ވަގުތެއްގައިވެސް ވަނީ މުޅި ރަށުން ކަރަންޓު ކެނޑިފައެވެ. ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން ޖެނެރޭޓަރު ހަލާކުވި އިރު ކަރަންޓު ކެނޑި އުސޫލުން ޝެޑިއުލާއި އެއްގޮތަށެވެ.   350 ކިލޯވޯޓުގެ ޖަނަރޭޓަރަކީ ފެނަކައިގެ ޓެކްނިކަލް ޓީމެއް މީދޫއަށް އައިސް ވަރަށްފަހުން ހަދާފައިވާ ޖެނެރޭޓަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...