ކައުންސިލްތަކުން ބޭނުންވާނަމަ ހުއްދަ ހޯދައިގެން މައިދާނުގައި ޢީދު ނަމާދު ކުރެވޭނެ – މިނިސްޓްރީ
ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާނަމަ މިއަހަރުގެ ފިޠުރު ޢީދު ނަމާދު މައިދާނުގައިވެސް ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.   މީދޫ ޓައިމްސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިސްކިތްތަކުގައިވެސް އަދި މައިދާނުގައިވެސް ކުރެވޭނެކަމަށާއި މައިދާނުގައި ކުރަން ބޭނުންވާނަމަ މައިދާނުގައި ކުރަން ނަގަން ޖެހޭ ހުއްދަ ނެގީމަ ކުރެވޭނެކަމަށެވެ.   ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކެއްގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގައި މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ވަނީ ޖަމާޢަތުގެ ނަމާދު ކުރުން ފަށާފައެވެ.   ޖަމާޢަތުގެ ނަމާދު ކުރުން ފަށާފައިވާއިރު މާސްކް އެޅުމަށާއި ގެއިން ވުޟޫކޮށްގެން ދިޔުމަށާއި ކެއްސުން ފަދަ ބަލި ހުންނަ ފަރާތްތައް އަދި އުމުރުން ދުވަސްވީ ފަރާތްތަކުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...