ރ. ކިނޮޅަހު 'ސްމައިލް' ޖަމިއްޔާގެ ފަރާތުން އެރަށުގެ އުޅޭ ބިދޭސީންނަށް މާސްކް ހަދިޔާކޮށްފި
ރ. ކިނޮޅަހުގައި ހިންގަމުން އަންނަ 'ސްމައިލް' ޖަމިއްޔާގެ ފަރާތުން އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ފޭސް މާސްކް ހަދިޔާކޮށްފިއެވެ.   އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މާސްކް ހަދިޔާކުރުމަށްފަހު މާސްކް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށްވެސް ބިދޭސީންނަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. ލޮކްޑައުންގައި ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލާ މިސްކިތަށް ދާއިރު މާސްކް އެޅުމަށް އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ.   މިނިސްޓްރީން މިގޮތަށް އެންގުމާއި ގުޅިގެން ގިނަ ރަށްތަކެއްގައި އަންނަނީ އެކި ފަރާތްތަކުން ފޭސް މާސްކް ބެހުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...