އަންހެނުންގެ ކޮމިޓީ އަދި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން މުވައްޒަފުން ގުޅިގެން 260 މާސްކް ހަދިޔާކޮށްފި
ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުން ގުޅިގެން ރ. މީދޫ ރައްޔިތުންނަށް ބެހުމަށް 260 މާސްކް ކޮވިޑް 19 މީދޫ ޓާސްކްފޯސްއާއި ހަވާލުކޮށްފިއެވެ.   މި ފަރާތުން ހަދިޔާކޮށްފައިވާ މާސްކް ބެހުމުގެ މަސައްކަތް ރ. މީދޫ ޓާސްކްފޯސްގެ ފަރާތުން ރ. މީދޫ ކައުންސިލް އިދާރާގައި މިހާރު އަންނަނީ ކުރަމުންނެވެ.   އަންހެނުން ކޮމިޓީ އާއި ތަޢުލީމީ މަރުކަޒުގެ ފަރާތުން މީދޫ ރައްޔިތުންނަށް މި ދެއްވި އެހީތެރިކަމަށް ރ. މީދޫ ކައުންސިލާއި ކޮވިޑް 19 ޓާސްކްފޯސްގެ ފަރާތުންވަނީ އެ ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.   މީގެ އިތުރުން ހަވާސް ގުރޫޕުގެ ފަރާތުންވަނީ ރ. މީދޫ ރައްޔިތުންނަށް ބެހުމަށް 170 މާސްކް ހަދިޔާކޮށްފައެވެ. އެ މާސްކުތައް ޓާސްކްފޯސްގެ ފަރާތުންވަނީ ބަހާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...