މަޤުސަދު އިންވެސްޓްމަންޓުގެ ފަރާތުން މީދޫ ޓާސްކްފޯސްއަށް 200 މާސްކް އަދި 300 އަންގި ހަދިޔާކޮށްފި
މަޤުސަދު އިންވެސްޓްމެންޓުގެ ފަރާތުން ރ. މީދޫ ޓާސްކްފޯސްއަށް 200 މާސްކު އަދި 300 އަންގި ހަދިޔާކޮށްފިއެވެ.   އެ ކުންފުނީގެ ފަރާތުން ހަދިޔާކުރި މާސްކުތައް ރ. މީދޫގެ ރައްޔިތުންނަށް ބެހުމުގެ މަސައްކަތް ކޮވިޑް 19 އާއި ގުޅިގެން ރ. މީދޫގައި އެކުލަވާލާފައިވާ ޓާސްކްފޯސްގެ ފަރާތުން މިހާރު އަންނަނީ ކައުންސިލް އިދާރާގައި ކުރަމުންނެވެ.
މަޤުސަދު އިންވެސްޓްމެންޓުގެ ފަރާތުން 300 އަންގި ހަދިޔާ ކުރަނީ | ފޮޓޯ: ރ. މީދޫ ޓާސްކްފޯސް
މާސްކު އަދި އަންގި ހަވާލު ކުރުމަށް މީދޫ ކައުންސިލް އިދާރާގައި ބޭއްވި ކުޑަ ބައްދަލުވުމެއްގައި އެ ކުންފުނީގެ ފަރާތުން ދެއްވި އެހީތެރިކަމަށް ރ. މީދޫ ކައުންސިލާއި ޓާސްކްފޯސް އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލްގެ ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...