ޓެކްނިކަލް މަސައްކަތެއް ކުރުމަށް މިއަދު ހަވީރު 16:00 އިން 17:00 އަށް މުޅި ރަށުން ކަރަންޓު ކަނޑާލަނީ
ޓެކްނިކަލް މަސައްކަތެއް ކުރުމަށް މިއަދު ހަވީރު 16:00 އިން 17:00 އަށް މުޅި ރަށުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ މީދޫ ބުރާންޗުން ބުނެފިއެވެ.      ފެނަކައިން ވަނީ އިއްޔެވެސް މެންދުރު 14:00 އިން ހަވީރު 17:30 އާއި ހަމައަށް މުޅި ރަށުން ކަރަންޓު ކަނޑާލާފައެވެ. ފެނަކައިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ މީދޫއަށް އަލަށް ގެނައި ޖަނަރޭޓަރުގެ ޓެކްނިކަލް މަަސައްތެކެވެ.    ކަރަންޓު ކަނޑާލެވޭ ވަގުތުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށްޓަކައި ފެނަކައިން މަޢާފަށް އެދެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...