އަލިފުށީގައި ދަނޑެއް އެޅުމަށް ނިންމީ އެފް.އޭ.އެމް އަށް ހެދުނު ކުށެއް އިސްލާހުކުރުމަށް - ބައްސާމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑު ޕްރޮޖެކްޓްގެ ދަށުން ރ. އަތޮޅުގައި އަޅަން ނިންމި ދަނޑު ރ. އަލިފުށީގައި އަޅަން ނިންމީ އެފް.އޭ.އެމް އަށް ކުރެވުނު ކުށެއް އިސްލާހުކުރުމުގެ ގޮތުންކަމަށް އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.    މީދޫ ޓައިމްސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ބައްސާމް ވިދާޅުވީ މިފަހަރު މި އިއުލާނުކުރެވުނު 18 ދަނޑުގެ ތެރެއިން 16 ދަނޑު އަޅާނެ ރަށްތައް ކަނޑައެޅިފައިވަނީ ފާއިތުވެދިޔަ 2017ވަނަ އަހަރާއި 2018ވަނަ އަހަރުގެ މިނިވަން ޗެމްޕިޔަންޝިޕުގެ ގަދަ 8 ރަށަށް ބަލައިގެންކަމަށާއި އޭގެ އިތުރުން އިތުރުވެފައިވާ ދެރަށުގެ ތެރެއިން އަލިފުށީގައި ދަނޑެއް  އަޅަން ނިންމީ މިއަހަރުގެ މިނިވަން ޗެމްޕިޔަންޝިޕުގެ ރ. އަތޮޅުގެ ބުރު ކުރިއަށް ގެންދާނެ ރަށަކާ ބެހޭގޮތުން އެފް.އޭ.އެމްއަށް ކުރެވުނު ކުށެއް އިސްލާހުކުރުމުގެ ގޮތުންކަމަށެވެ.   "އެނގިވަޑައިގަންނަވާނެ މިއަހަރުގެ މިނިވަން ޗެމްޕިޔަންޝިޕުގެ ރ. އަތޮޅުގެ ބުރު ހޯސްޓު ކުރުމުގެ ފުރުސަތު އަލިފުށްޓަށް  ދިނުމަށްފަހު އަޅުގަނޑުމެންނަށް އެނިންމުން ބަދަލުކުރަން ޖެހުނީ، އެކަމުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އަލިފުށިގައި ރަނގަޅު ފެންވަރުގެ ދަނޑެއް އަޅައިދޭނެކަމަށް ބުނެފައިިވާނެ. އެގޮތުން އެޅޭ ދަނޑެއް އަލިފުށީގައި މި އެޅެނީ" ބައްސާމް ވިދާޅުވިއެވެ.   
ރ. އަތޮޅުގައި އަލިފުށްޓަކީ އަތޮޅުގެ އެހެން ރަށްރަށާއި ވަރަށް ދުރުގައި އޮންނަ ރަށެއްކަން އެނގިލައްވާތޯއާއި އަލިފުށީގައި ދަނޑު އެޅުމުން އަތޮޅުގެ އެހެން ރަށްރަށަށް މިނިވަން ޗެމްޕިޔަންޝިޕު ފަދަ މުބާރާތްތަކުގައި ބައިވެރިވުމަށް ދަތިތަކާ ކުރިމަތިވާނެކަން އެނގިލައްވާތޯ ދެންނެވުުމުން ބައްސާމް ވިދާޅުވީ އެކަން އެނގިލައްވާކަމަށާއި އެފް.އޭ.އެމްގެ ވިސްނުންހުރީ ފުޓްބޯޅައަށް ލޯބިކުރާ، އެކަމުގެ ޕޮޓެންޝިއަލްހުރި އަދި މިނިވަން ޗެމްޕިޔަންޝިޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ  ރަށްތަކުގައި އަދިވެސް އިތުރު ދަނޑުތަކެއް ބިނާކުރުމަށްކަމަށެވެ.  އެހެންކަމުން  މުސްތަޤުބަލުގައި  އަތޮޅެއްގައި  އޮންނާނީ  ރަނގަޅު ފެންވަރުގެ އެންމެ ދަނޑެއް ނޫންކަމަށްވެސް މީދޫ ޓައިމްސް އަށް ދެއްވި ބަސްދީގަތުމުގައި  ބައްސާމް ފާހަގަކުރެއްވިއެވެ. 
އަދި މިހާރު އިއުލާންކޮށްފައިވާ 18 ރަށުގެ އިތުރުން މިއަހަރުގެ އެފް.އޭ.އެމްގެ ބަޖެޓުގެ ތެރެއިން އަދި އިތުރު 2 ރަށެއްގައި ވިނަ ދަނޑުތަކެއް އެޅުމަށް މަސައްކަތްކުރަމުން އަންނަކަމަށް ބައްސާމް ވިދާޅުވިއެވެ.  "އަޅުގަނޑުމެން މިހާރުވެސް މަސައްކަތްކުރަމުން މިއަންނަނީ މިހާރު އިއުލާނުކޮށްފައިވާ 18 ދަނޑުގެ އިތުރުން މިއަހަރުގެ އެފް.އޭ ގެ ބަޖެޓުގެ ތެރެއިން އަދި އިތުރު ދެރަށެއްގައި ދަނޑު އެޅޭތޯ،" ބައްސާމް ވިދާޅުވިއެވެ. އެހެންނަމަވެސް މި ދެ ދަނޑު އަޅާނެ ރަށްތަށް އަދި ނިންމާފައިނުވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. 

ބައްސާމް އިތުރަށް ވިދާޅުވީ އެފް.އޭ.އެމް ގެ އަމާޒަކީ އެ ބޭފުޅުންގެ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަދަ ގިނަ ދަނޑުތަކެއް ބިނާކުރުން ކަމަށެވެ. އެގޮތުން މިއަންނަ އަހަރުވެސް އިތުރު ރަށްތަކެއްގައި ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރ ޤާއިމުކޮށް ރަނގަޅު ފެންވަރުގެ ދަނޑުތަކެއް އެޅުމުގެ ވާހަކަ އެންމެ ފުރަތަމަ އެފް.އޭ.އެމް އިން އިއުލާންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުއެވެ.       
ކިޔުންތެރިންގެ ހިޔާލް

2018-10-24 05:04:14
Thakurube
Adhi vx thaneh othiyya bogalhaalaathi bayakah ufaleh liben neydhey konme bayakah vaanee thiya varu
2018-10-24 05:40:38
Bassam
Dhen mifaharu kithanmme habareh liyegen vs thikameh badhaleh nukureyne.
އެންމެ މަގުބޫލު: 7 ދުވަސް

...