ކައުންސިލް ފުޓްސަލް ފިއެސްތާ 2018 ގެ މެއިން ސްޕޮންސަރއަކަށް ބެސްޓް ބަޑީ!
މީދޫ ކައުންސިލުން މިއަންނަ މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައިވާ ކައުންސިލް ފުޓްސަލް ފިއެސްތާ 2018 ގެ މެއިން ސްޕޮންސަރ އަކަށް ބެސްޓް ބަޑި ހަމަޖައްސައިފިއެވެ.   މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން މީދޫ ކައުންސިލުގެ ނާއިބު ރައީސް ނާޖިހު ޖަމީލް ވިދާޅުވީ މެއިން ސްޕޮންސަރއަކަށް ބެސްޓް ބަޑީ ހަމަޖެއްސީ މުބާރާތަށް އެންމެ ރަނގަޅު ހުށައެޅުމެއް ލިބުނީ އެފަރާތުންކަމަށްވާތީކަމަށެވެ. އެގޮތުން މުބާރާތުގެ މެއިން ސްޕޮންސަރއަކަށްވުމުގެ އިތުރުން ބެސްޓް ބަޑީއިންވަނީ މުބާރާތަށް 32 މެޑަލްއާއި 36 ޓްރޮފީވެސް ހަދިޔާކޮށްފައިކަމަށް ނާޖިހު ވިދާޅުވިއެވެ. 
ބެސްޓް ބަޑީގެ ފަރާތުން މުބާރާތް ސްޕޮންސަރ ކޮށްދެއްވީތީ އެފަރާތަށް ރަށު ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރާކަމަށްވެސް ނާޖިހު ވިދާޅުވިއެވެ. އަދި މި މުބާރާތުގެ އިތުރުންވެސް ކައުންސިލުން ކުރިއަށްގެންދާ އެހެން ބައެއް ޕްރޮޖެކްޓްތަކަށްވެސް ބެސްޓް ބަޑީގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރާކަމަށްވެސް ނާޖިހު ވިދާޅުވިއެވެ.    ބެސްޓް ބަޑީ ފާހަގަކުރެވިފައިވަނީ މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި އެކިއެކި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ވިޔަފާރިއެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...