ދިރާގުން މީދޫގައި ރީޖަނަަލް ޕާރޓްނަރ ފިހާރައެއް ހޯދަނީ
ދިރާގުން ރ. މީދޫގައި ރީޖަނަލް ޕާޓްނަރ ފިހާރައެއް ހިންގުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.   އެކަން އިއުލާނުކޮށް ދިރާގުން ނެރެފައިވާ އިއުލާނެއްގައިވާގޮތުން  މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއަދު ރަސްމީ ގަޑީގައި ދިރާގު އޭދަފުށީ  އޮޕަރޭޝަނަލް ސެންޓަރުގެ 3311663 ނަންބަރު ފޯނާ ގުޅުއްވާ ނަންނޯޓުކުރުމަށްފަހު މާދަމާ މެންދުރުފަހު 2:00 ގެ ކުރިން ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރުގެ މީޓިންގ ރޫމަށް މައުލޫމާތު ސާފުކުރެއްވުމަށް ދުރުވާނެޖެހެއެވެ. އަދި މި ބައްދަލުވުމުގައި ބިޑު ހުށައަޅާނެދުވަހެއް އަންގަވާނެކަމަށްވެސް އެއިއުލާނުގައިވެއެވެ.    މީގެއިތުރުން މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަނޭޅުއްވޭނަކަމަށާއި ބިޑު ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށްވެސް ދިރާގުން މައުލޫމާތުދެއެވެ.    ރ. މީދޫގެ އިތުރުން ބ. ދަރަވަންދޫ، ރ. އަލިފުށި އަދި ނ. ހޮޅުދޫގައިވެސް ޕާޓްނަރ ފިހާރައެއް ހުޅުވުމަށް ދިރާގުން އަންނަނީ ތައްޔާރުވަމުންނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...