2019 ވަނަ އަހަރުގެ ބަޖެޓުގައި މީދޫއަށް ފުޓުބޯޅަ ދަނޑެއް!
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 2019 ވަނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީގެ ދަށުން މީދޫގައި ފުޓުބޯޅަ ދަނޑެއް މި ފެށޭ އަހަރުގެ ތެރޭގައި އެޅުމަށް ހިމަނައިފިއެވެ.  ފިނޭންސް މިނިސްޓަރ މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 2019 ވަނަ އަހަރަށް ލަފާކުރާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި މީދޫގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ޖުމްލަ 900،000 ރުފިޔާ ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ބަޖެޓުގައި ޕީ.އެސް.އައި.ޕީގެ ދަށުން އައު މަޝްރޫއުއެއް ހިމަނާފައި ނުވި ނަމަވެސް ރިޓެންޝަން ސްޓޭޓަސްގައި ހުރި ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލް މަޝްރޫޢުއަށް 171،140 ރުފިޔާ، މީދޫގެ މަގު ހެދުމުގެ މަޝްރޫޢުއަށް 835،168 ރުފިޔާ އަދި މީދޫގައި މިސްކިތް މަރާމާތުކުރަން 278،905 ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން މީދޫ ސްޕޯރޓްސް އިންސްފްރާސްތްރަކްޗަރ ޤާއިމްކުރުމަށް 72،669 ރުފިޔާ ހިމަނާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.  މީދޫއަށް ކަނޑައަޅާފައިވާ މި މަޝްރޫއުތަކަށް ޖުމްލަ 9.5 މިލިއަން ރުފިޔާ އަރައެވެ. މިއީ އިންތިޚާބީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައްޔާރުކޮށް ހުށައެޅި ބަޖެޓެއްކަމަށް މިނިސްޓަރ މުނައްވަރުވަނީ މިއަދު ވިދާޅުވެފައެެވެ.       
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...