ބެސްޓް ބަޑީ މީދޫ ކައުންސިލް ފުޓްސަލް ފީސްޓާގެ ފައިނަލްގައި ތަންގަނޑު އަދި ގާގަނޑު އެފްސީ.
7 ޓީމަކާއެކު މި މަހުގެ 16 ވަނަ ދުވަހު މީދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ފަށާފައިވާ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްސް ކުޅެ ފައިނަލްގައި ވާދަ ކުރާނެ ދެޓީމު ކަށަވަރުވެއްޖެއެވެ.   ސެމީފައިނަލްގެ ފުރަތަމަ މެޗު ކުޅުނީ 22 ނޮވެމްބަރ ވީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. މި މެޗުގައި ވާދަ ކުރީ ގްރޫޕް އޭގެ ތާވަލްގެ އެއްވަނައިގައިވާ ތަންގަނޑު އެފްސީ އާއި ގްރޫޕް ބީ ގެ ދެވަނައަށް ދިޔަ ބުންވަރު އެފްސީއެވެ. މޮޅު ކުޅުމެއް ދައްކާ މި މެޗު 5-0 ން ކާމިޔާބު ކުރީ ތަންގަނޑު އެފްސީއެވެ. ތަންގަނޑު އެފްސީ ފައިނަލަށް ދަތުރުކުރުމަށް މަގުފަހި ކޮށްދީ މި މެޗުގައި ލަނޑު ކާމިޔާބު ކޮށްދިނިީ 10 ނަންބަރު، މުހައްމަދު އަހުމަދާާއި، 19 ނަންބަރު ރިޝްވާން އަހުމަދު (2 ލަނޑު)، 4 ނަންބަރު ޝަމްވީލް މުހައްމަދާއި، މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވާ ޖާރޒީ ނަންބަރު 23 އަހުމަދު އާސިފެވެ.   22 ނޮވެމްބަރ ގެ ރޭގަނޑުގެ ވަގުތުގައި ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރީ ގާގަނޑު އެފްސީ އާއި އެފްސީ އައިވެންޓަސްއެވެ. ހަމަ ހަމަ ކުޅުމެއް ދައްކާ، މެޗު ނިމުނު އިރު ދެ ޓީމުވެސް ވަނީ 2-2 ޖަހާ އެއްވަރު ވެފައެވެ. އަދި ފައިނަލްގެ ޖާގަ ކަށަވަރު ކުރުމަށް ޕެނަލްޓީ ޖަހައިގެން ފައިނަލުން ޖާގަ ކަށަވަރު ކުރީ ގާގަނޑު އެފްސީއެވެ. ދެޓީމުންވެސް ކާމިޔާބު ކަމާ އެކީ 3 ލަނޑު ގޯލަށް ޖެހުމަށްފަހު އައިވެންޓަސް ގެ ޖާރޒީ ނަންބަރު 9، ހަސަން ޝަރީފް ޖެހި ހަތަރުވަނަ ޕެނަލްޓީ ވަނީ ގާގަނޑު އެފްސީގެ ކީޕަރު ދިފާއު ކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި ޕެނަލްޓީ ގާގަނޑު އެފްސީގެ ޖާރޒީ ނަންބަރު 77، ސަމީހް އަހުމަދު ކާމިޔާބު ކުރުމަށްފަހު ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. 40 މިނެޓުގެ ކުޅުމުގައި އެފްސީ އައިވެންޓަސްއަށް 2 ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޖާރޒީ ނަންބަރު 14  އަބްދުލް މުހައިމިން އާއި، 12 ނަންބަރު ހާޝިމް ޝަފީޢުއެވެ. އަދި ގާގަނޑު އެފްސީއަށް 2 ލަނޑު ކާމިޔާބު ކޮށްދިނީ  ޖާރޒީ ނަނބަރު 77، އަހުމަދު ސަމީހް އަދި މެޗުގައި މޮޅު ކުޅުމެއް ދައްކާ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވިފައިވާ 39 ނަންބަރު އަނޫސް އަހުމަދެވެ.     ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކާ ހުރިހާ މެޗެއްވެސް ކާމިޔާބު ކުރުމަށްފަހު ފައިނަލަށް ދަތުރުކޮށްފައިވާ ދެޓީމަކީ ތަންގަނޑު އެެފްސީ އާއި ގާގަނޑު އެފްސީއެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގައި މީދޫ ފުޓްސަލް ދަނޑުގައެެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...