މީދޫ އަދި ރަސްމާދޫ ޓީމުގެ މެދުގައި އެކުވެރިކަމުގެ ބަށި މެޗެއް ކުޅެފި.
މީދޫ އަދި ރަސްމާދޫ ބަށި ޓީމުގެ މެދުގައި އެކުވެރިކަމުގެ މެޗެއް ކުޅެވިއަޖެއެވެ. މިއީ ރަސްމާދޫ ޓީމުގެ ދައުވަތަކަށް ކުޅެވުނު މެޗެކެވެ.   އިއްޔެ ހަވީރު ރަސްމާދޫ ބަށި ކޯޓުގައި ކުޅެވުނު މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 20 ލަނޑު 11 ފޯލިން ކާމިޔާބުކޮށްފައިވަނީ ރަސްމާދު ޓީމުންނެވެ. އަދި މީދޫ ޓީމަށް މި މެޗުގައި ހެދިފައި ވަނީ 16 ލަނޑު 1 ފޯއަޔެވެ. މިއީ މީދޫ ބަށި ޓީމުން ފުރަތަމަފަހަރަށް ކުޅެވުނު އެކުވެރި ކަމުގެ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.    މީދޫ ޓީމުގެ ކެޕްޓަން އާމިރާ އަސްލަމް ބުނި ގޮތުގައި މި ޓީމަކީ އަލަށް ނެގުނު، ވަރަށް އުއްމީދީ ޓީމަކަށް ވެފައި ލިބުނު މަދު ޕްރެކްޓިސްއާއި އެކު މެޗުގެ ސްކޯ އާއި މެދު ހިންހަމަޖެހޭ ކަމަށެވެ. އަދި ޓީމުގެ ތަޞައްވުރަކީ ކުރިޔަށްއޮތް ތަނުގައިވެސް މިފަދަ އިތުރު މެޗުތަކެއް ކުޅެ، ކުޅިވަރުގެ މައިދާނުން ކުރިޔަށްގޮސް، މީދޫ އަށް ރީތި ނަން ހޯދައިދިނުން ކަމުގައިވެސް ޓީމުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...