މާލެ ދަތުރުކުރުމަށް 100 ޕަސެންޓް މޯލްޑިވްސްގެ 'އޮޑި އެކްސްޕްރެސް' މިއީ އެއްވަނައިގެ ލޯންޗު ފެރީއެއް!
  މާލެ ދަތުރުފަތުރުކުރުމަކީ މިހާރު ގިނަ ލޯންޗު ފެރީތަކަކާއިއެކު ފަސޭހަވެފައިވާ ހިދުމަތަކަށްވީ ނަމަވެސް ފެންވަރު ރަނގަޅު ލޯންޗުތަކުގެ އަދަދު ގިނައެއް ނޫނެވެ. ނަމަވެސް 100 ޕަސެންޓް މޯލްޑިވްސްއިން އޮޕަރޭޓް ކުރަމުން އަންނަ "އޮޑި އެކްސްޕްރެސް" ގެ ލޯންޗު ފެރީ މިއީ މާލެ ދަތުރުކުރުމަށް ހަމަ އެއްވަނައިގެ ފެރީއެކެވެ. 3 އިންޖީނު އަޅާފައިވާ މި ލޯންޗަކީ އެހާމެ ސްޕީޑް ބާރު އަދި 40 މީހުންގެ ޖާގައިގެ ބޮޑު ލޯންޗަކަށްވުމުން ލޯންޗުގެ އެތެރޭގައިވެސް ތިބުމަށް ފަސޭހަ ޖާގަ ތަނަވަސް ލޯންޗެއްކަން ފާހަގަކޮށްލެވެއެވެ. މިއީ މިހާރު މި ސަރަހައްދުގެ ރަށްތަކަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ ތެރެއިން އެންމެ ސްޕީޑް ބާރު ލޯންޗު ފެރީކަން ފާހަގަކޮށްލެވެއެވެ.   ބައެއް ފަހަރު ދަތުރުކުރާނެ މީހުން މަދުވުމުގެ ސަބަބުން ލޯންޗު ފެރީތަކުގެ ދަތުރު ކެންސަލް ކުރި ނަމަވެސް މި ލޯންޗު ފެރީގައި އެއް މައްސަލައެއް ދިމައެއް ނުވާނެއެވެ. އެންމެ ޕަސެންޖަރެއްވެސް ޓިކެޓު ނަގާފައިވާނަމަ ދަތުރު އޮންނާނީ ހަމަޖެހިފައެވެ. އެއީ މި ލޯންޗު ފެރީ ހާއްސަވާ މުހިއްމު އެއް ސަބަބެވެ.     މި ލޯންޗު ފެރީ އޮޕަރޭޓްކުރަމުން އަންނަ ފަރާތުގެ އަމާޒަކީ ކުރިއަށް އޮތްތާވެސް މި ލޯންޗު ފެރީގެ ހިދުމަތް މިހާރަށްވުރެ ބޭނުންތެރި ފުރިހަމަ ހިދުމަތަކަށް ހެދުމެވެ. މިކަން ކުރުމަށް އެ ފަރާތުން ކެނޑީނޭޅި މަސައްކަތްކުރާކަން ފަހަރަކަށްވުރެ ފަހަރެއް ލޯންޗުގެ ފެންވަރު ރަނގަޅުވަމުން އަންނަކަމުންވެސް ސާބިތުވެއެވެ.   މީގެ އިތުރުން މީގެ ކުރިން ހިދުމަތް ލިބިގެންނުދާ ހުކުރު ދުވަހުގައިވެސް މި ލޯންޗު ފެރީގެ ހިދުމަތް ލިބިގެންދާނެއެވެ. މާލެއިން ކެންދޫ، މީދޫ އަދި މަޑުއްވަރީއަށް އަންނަން ބޭނުންވާ އަދި މަޑުއްވަރީ، މީދޫ އަދި ކެންދޫއިން މާލެ ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު ވެގެންދާނީ ބޭނުންތެރި ފުރުސަތަކަށެވެ.   މި ލޯންޗު ފެރީގެ އަގުތަކަށް ބަލައިލާއިރު ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. 2-5 އަހަރާއި ދެމެދުގެ ކުދިންގެ އަގަކީ 300 ރުފިޔާއެވެ. އަދި ބޮޑެތި މީހުންނާއި 5 އަހަރުން މަތީގެ ކުދިންގެ އަގަކީ 550 ރުފިޔާއެވެ.   މި ލޯންޗު ފެރީގެ ޓިކެޓް ހޯދެއްވުމަށް މާލެއިން ނަމަ ގުޅުއްވާނީ 9981996 ނުވަތަ 7799775 އަދި މީދޫއިން ނަމަ 7854020 މި ނަމްބަރު ފޯނަށެވެ.      
ކިޔުންތެރިންގެ ހިޔާލް

2018-12-20 15:55:32
Insaaf
Most distrust and unfaithful Ferri..
އެންމެ މަގުބޫލު: 7 ދުވަސް

...