ވާހަކަ - ވިހި ލާރި
އަހަރުތަކެއް ކުރިން އިމާމަކު އިނގިރޭސި ވިލާތުގެ ލަންޑަނަށް ދިރިއުޅުން ބަދަލުކުރިއެވެ. އެއަވަށަށް ބަދަލުވުމަށްފަހު އާންމު ދަތުރުފަތުރުކުރުމަށްޓަކައި ބޭނުންކުރަމުން އައީ ބަހެވެ. ކަންދިމާކުރިގޮތުން އިމާމަށް އާންމުކޮށް އަރައި އުޅެވެނީ އެއް ބަހަކަށެވެ.    އެއްދުވަހަކު އިމާމު ބަހަށް އަރާ، ސީޓުގައި ހަމަޖެހިލައިފައި ބަލާލިއިރު އިމާމަށް ބާކީ އިތުރު 20 ލާރި ދީފައި އޮތެވެ. އެވަގުތު އިމާމު ބާކީ ރުފިޔާއާއިމެދު ހަދާނެގޮތަކާމެދު ވިސްނާލިއެވެ. އެލާރިކޮޅު އަނބުރާ ދިނުމަށް ހިތަށްއެރިނަމަވެސް އެހާ ކުޑަ ލާރިކޮޅަކާމެދު އެއްވެސް މީހަކު އަޅައެއް ނުލާނޭ ހިތަށް އެރިއެވެ. އެހެންނޫނަސް ބަސް ކުންފުންޏަށް ކޮންމެދުވަހަކު އެތައް ސަތޭކަރުފިޔާއެއް ލިބޭއިރު އެންމެ ވިހި ލާރި މަދުވެގެންނެއް އެމީހުންނެއް ނޫޅޭނޭ ހިތަށް އެރިއެވެ. މިއީ ﷲ ދެއްވި ހަދިޔާއަކަށްވެސް ވެދާނޭ ހިތަށް އަރުވާފައި އެވިހި ލާރި ޖީބަށްލިއެވެ.    ބަސް މަންޒިލަށް ހުއްޓުމާއެކު އިމާމު ބަހުން ނުކުންނަށް އުޅެފައިވެސް ބަހުގެ ދޮރާ ހަމައަށް ހުއްޓުނެވެ. އަދި 20 ލާރި ނަގާ ޑްރައިވަރުގެ އަތަށް ދީފައި ބުންޏެވެ.  "މިއޮތީ މާގިނައިން ބާކީ ދީފައި"، އެވަގުތު ޑްރައިވަރު ހިނިތުންވެލާފައި ޖަވާބުދިނެވެ.    "ތިއީ މި އަވަށަށް އަލަށް އައިސްގެންއުޅޭ އައު އިމާމުތަ؟ އަހަރެން ދުވަސްކޮޅެއްވެއްޖެ މިސްކިތަށް ދިޔުމާ ދޭތެރޭ ޚިޔާލުކުރާތާ. އެކަމަކު އަހަރެން ބޭނުންވީ އަހަރެން އިތުރަށް ރުފިޔާ ދީފިނަމައިމާމް ކަންތައް ކުރާގޮތެއް ބަލާލަން"    އިމާމު ބަހުން ފައިބައިގެން ދިޔައިރު ކަކުލުހުޅުން ވާގި ދާކަހަލަ އިހުސާސެއްކުރެވުނެވެ. އަވަސް އަވަހަށް ކައިރީގައިހުރި ހޮޅިދަނޑިއެއްގެ އެހީ ހޯދިއެވެ. އޭރު އިމާމުގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ. އަދި އުޑާ ދިމާލަށް ބަލަން ހުރެ ބުންޏެވެ.    "ޔާ ﷲ! އަހަރެންަނަށް އަހަރެންގެ ދީން އެންމެ 20 ލާރިއަށް ވިއްކާނުލެވުނީ ކިރިޔާއެވެ."
ކިޔުންތެރިންގެ ހިޔާލް

2018-12-22 03:46:24
ސަމަދު
ރީތިވާހަކައެ
އެންމެ މަގުބޫލު: 7 ދުވަސް

...