ދުވާފަރު ދަންޑަހެލު ކަޕްގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނަކަށް ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ޝާގާޓު

ދުވާފަރު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދުވާފަރު ދަންޑަހެލު ކަޕްގެ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓަރ ޝެގާޓު ބައިވެރިވާނެކަމަށް ދުވާފަރު ކައުންސިލުން މައުލޫމާތުދެއްވައިފިއެވެ.
 މިއަދު ހަވީރު ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި ކުޅެވޭ ފައިނަލްމެޗުގައި ބައްދަލުކުރާނީ 11  އެޓޭކު  ސްޕޯޓްސް  ކުލަބާއި  ޑާކް ޕާކް ފުޓްބޯލް ކުލަބެވެ. 
މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ދުވާފަރު ކައުންސިލުގެ މެމްބަރު ޖަމީލު ވިދާޅުވީ ޤައުމީ ކޯޗުގެ އިތުރުން ޤައުމީ ޓީމުގެ މެނޭޖަރ މުޙައްމަދު ޢީސާ (މޯރ)ވެސް މިވަޤުތު ދުވާފަރުގައި ހުންނެވިކަމަށެވެ.    ޖަމީލު ވިދާޅުވީ އެދެބޭފުޅުންވެސް ދުވާފަރަށް ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައިކަމަށެވެ.  ޤައުމީ  ކޯޗު  ދުވާފަރަށް  ވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހުއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...