އިނާމަކަށް ރަށު ޕިކަޕް ލިބޭ ޕްރޮމޯޝަންގެ މުއްދަތު ބެސްޓް ބަޑީއިން އިތުރުކޮށްފި
ބެޓެރި ވެހިކަލް އާއި ބައިސްކަލު ވިޔަފާރީގައި މަޝްހޫރު 'ބެސްޓް ބަޑީ' އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފިއެވެ.   ނޮވެމްބަރު 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ކުރިން ނިންމާފައިވާ މި ޕްރޮމޯޝަންގެ މުއްދަތު މިހާރުވަނީ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިކަމަށް ބެސްޓް ބަޑީގެ އޯނަރު އިބްރާހިމް ރަޝީދު މަޢުލޫމާތުދެއްވިއެވެ.   މި ޕްރޮމޯޝަންގައި ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ރަށު ޕިކަޕެއް ދޭ ގޮތަށް ބެސްޓް ބަޑީންވަނީ ނިންމާފައެވެ.   މި ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރީ ޕްރޮމޯޝަނަށް ލިބޭ ތަރުހީބުގެ ބޮޑުކަމުން އިތުރު ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ކުރުމަށް ގިނަ ކަސްޓަމަރުން އެދެމުންދާތީކަމަށް ބެސްޓް ބަޑީއިން މަޢުލޫމާތުދެއެވެ.   މި ޕްރޮމޯޝަންގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އުމުރުފުރާއަށް ފެތޭ ތަފާތު މޮޑެލްތަކުގެ ބައިސްކަލު ހެޔޮ އަގެއްގައި ހުންނާނެކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޑެލިވަރީކޮށްދިނުމުގެ އިންތިޒާމް ބެސްޓް ބަޑީން ހަމަޖައްސައިދޭނެކަމަށް ބެސްޓް ބަޑީގެ އޯނަރު ރަޝީދު ވިދާޅުވިއެވެ.   ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވައިގަންނަވަން ބޭނުންފުޅު ވާނަމަ ގުޅުއްވާނީ 7521915، 9907010 ނުވަތަ 9161241 އާއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...