މިހާރު ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވިފައި ބެހެއްޓޭނެ!
ރޭގަނޑު 11 ޖަހަންދެން އިމްޕޯޓު މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.   މިގޮތަށް ޤަވާއިދު އިސްލާހުކޮށްފައިމިވަނީ 24 ގަޑިއިރު ފިހާރަތަކާއި ސައި ހޮޓާ އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމުގެ އުސޫލުވެސް ގެޒެޓުކުރުމާއިއެކުގައެވެ. ގެޒެޓުކޮށްފައިވާ ޤަވާއިދު ބުނާގޮތުން 24 ގަޑިއިރު ހިންގުމުގެ ޙިދުމަތް ދޭނީ އެތެރެފެންނާނެހެން އަލިކޮށް އަދި 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓް ކުރާތަންނަށެވެ. އަދި މިތަންތަނުގައި ދަންވަރުގެ ވަގުތުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.   24 ގަޑިއިރު ހިދުމަތް ލިބިގެންދާނީ އެކަމަށް އެދި ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ހުށައެޅުމުންނެވެ. 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭގޮތަށް ހަމަޖެހިފައިވަނީ  2 އަހަރުގެ މުއްދަތަށެވެ. އަދި މި ހުއްދައާއިއެކު މީރާއަށް 2000 ރުފިޔާގެ ފީއެއްވެސް ދައްކަންޖެހޭނެކަމަށް ގެޒެޓުކޮށްފައިވާ ޤަވާއިދުގައި ބުނެފައިވެއެވެ.   ރޭގަނޑު 10 ޖަހާއިރަށް ފިހާރަތައް ބަންދުކުރާ ގޮތަށް 2015 ވަނަ އަހަރު ހެދުމުން ގިނަ ބަޔަކުވަނީ އެކަމަށް ކަންބޮޑުވުންފާޅުކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ.     ފޮޓޯ: މުހައްމަދު ސުައައިދު 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...